އިނގިރޭސި ވިލާތުގެ އާސެނަލް އިން ސްޕެއިންގެ ބާސެލޯނާ އަށް މިސީޒަނުގައި ބަދަލުވި މިޑްފީލްޑަރު ސެސް ފެބްރިގާސް ދައްކަމުންދާ މޮޅު ކުޅުމަށް އެ ކުލަބުގެ ކޯޗް ޕެޕް ގާޑިއޯލާ ތަޢުރީފު ކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ފެބްރިގާސް ވަނީ ބާސެލޯނާ އަށް ބަދަލުވެ، އެޓީމަށް ގިނަ ގޯލުތަކެއް ކާމިޔާބު ކޮށްދީފައި ވެއެވެ. މިސީޒަނުގައި ބާސާ އާއި ގުޅުނު ފެބްރިގާސް ވަނީ ގާޑިއޯލާ އިތުރުބާރު ހޯދާ ގިނަ މެޗުތަކެއްގެ ފުރަތަމަ އެގާރައިން ޖާގަ ހޯދާފައެވެ.

"ފެބްރިގާސްގެ ޒިންމާ ވަރަށް ރަނގަޅަށް އެބަ އަދާކުރޭ. އޭނާގެ ކިބައިން އަދިވެސް މޮޅު ކުޅުމެއް ފެނިގެންދާނެ. އޭނާއަކީ ޓީމަށް ފައިދާހުރި މޮޅު ކުޅުންތެރިއެއް. އިނިއެސްޓާ އާއި ޒަވީ އާއި އެކު މެދުތެރޭގައި ހަރަކާތްތެރިވުމުގެ ހުނަރު ފެބްރިގާސްގެ ކިބާގައި އެބަހުރި." އަލްވޭސް ބުންޏެވެ.

ބާސެލޯނާގެ ޒުވާން ޓީމަށް ކުޅުމަށް ފަހު، 2003 ވަނަ އަހަރު އާސެނަލް އާއި ގުޅި މޮޅު ކުޅުމެއް ދައްކާފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން، ޔޫރަޕު އަދި ސްޕެއިން ޗެމްޕިއަނުން ފެބްރިގާސް ގެންދިއުމަށް މަސައްކަތް ފަށައިގަތުމެވެ. އާސެނަލް އިން ވަކިވުމަށް ފަހު ފެބްރިގާސް ބާސެލޯނާ އާއި ގުޅުނީ މިސީޒަން ފެށުނުއިރު އެވެ.