އިންޑިއާގެ ޑިފެންސް ސެކެޓްރީ ޑރ. އަޖޭ ކުމާރު ރާއްޖެ ވަޑައިގެންފިއެވެ.

ޑރ. އަޖޭގެ މި ދަތުރުފުޅުގައި މިއަދު އޭނާ ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މަރިޔާ އަހުމަދު ދީދީއާ ބައްދަލުކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވެސް ވަނީ ބައިވެރިވެޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޑރ. އަޖޭ އާއި މާރިޔާގެ މި ބައްދަލުވުމުގައި ވަނީ ވޭތުވެދިޔަ ތިން އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ޑިފެންސް ސެކެޓްރީ ޑރ އަޖޭ ކުމާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ އެމްއެންޑީއެފް
އިންޑިއާގެ ޑިފެންސް ސެކެޓްރީ ޑރ އަޖޭ ކުމާރު ރާއްޖޭގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ އެމްއެންޑީއެފް

މިބައްދަލުކުރެއްވުމުގައި ޑރ. އަޖޭ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިއާ ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އިންޑިއާގެ ޑިފެންސް ސެކްޓްރީ ރާއްޖެ ވަޑައިގެންއިރު އިދިކޮޅު ފަރާތްކުންދަނީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވާލަމުންނެވެ.