13 Mar 2012, 11:54
ބޮޑެތި ގިނަ ކުލަބުތަކަށް ގެންދިއުމަށް މަސައްކްތަ ކުރަމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާގެ ކްރޮއޭޝިޔާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އެކްލަބުގައި މަޑުކުރުމަށް އޭނާގެ ޓީމް މޭޓް، ޓޯގޯގެ އެމަނުއެލް އަޑެބަޔޯ ގޮވާލައިފި އެވެ.
"ޓޮޓެންހަމްގައި ހުރެ މޮޑްރިޗަށް ގިނަ ކާމިޔާބީތަކެއް ލިބެން އޮބަ އޮތް. ކޮންމެ ކުޅުންތެރިއެއް ވެސް ވިސްނާނީ ގިނަ ކާމިޔާބީތަކެއް ހޯދުމަށް. މޮޑްރިޗަށް އެ ކާމިޔާބު ލިބެން އޮތީ ޓޮޓެންހަމްއިން. އަހަރެން މިއީ މޮޑްރިޗް ނަމަ، މަޑުކުރާނީ ޓޮޓެންހަމް ގައި." ބުންޏެވެ.
މިސީޒަން ފެށުމުގެ ކުރިން އުމުރުން 26 އަހަރުގެ މޮޑްރިޗް ގެންދިއުމަށް ޗެލްސީ ގަދައަޅާ ގިނަ މަސައްކަތް ތަކެއް ކުރިއިރު ޓޮޓެންހަމް އިން ދިޔައީ އޭނާ ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ނެވެ. އަދި ޓޮޓެންހަމް ވަނީ އެމަސައްކަތް ކާމިޔާބުކޮށް މިސީޒަނުގައި ވެސް މޮޑްރިޗް ކުލަބުގައި ބަހައްޓައިފަ އެވެ.