މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ޑޭވިޑް ބެކަމްގެ ފޭވަރިޓް ކްލަބަކީ އަދިވެސް މެން ޔުނައިޓެޑް ކަމަށް އޭނާ ބުނެފި އެވެ.

"އަދިވެސް އަހަރެންގެ ފޭވަރިޓް ކުލަބަކީ މެން ޔުނައިޓެޑް. ކޮންމެ ސީޒަނަކު ވެސް މެން ޔުނައިޓެޑް ދައްކަމުން ދަނީ މޮޅު ކުޅުމެއް. މިސީޒަނުގައި ވެސް އެކަން ފާހަގަވަމުން އެދަނީ. މިސީޒަނު ގައި ވެސް އެމީހުން ޕްރެމިއާ ލީގު ކާމިޔާބު ކުރާނެ. މެން ޔުނައިޓެޑުގައި އަދިވެސް މޮޅެތި ކުޅުންތެރިން އެބަ ތިބި. އެޓީމަކީ ތަޖުރިބާގެ ގޮތުންވެސް މޮޅު ޓީމެއް." ބެކަމް ބުންޏެވެ.

މިހާރު އެމެރިކާގެ މޭޖާ ލީގް ސޮކާ އަށް ކުޅެމުންދާ ބެކަމް ވިދާލީ މެން ޔުނައިޓެޑް އަށް ކުޅުނު ދުވަސްވަރެވެ. ދިހަ އަހަރު ދުވަހު މެންޔުނައިޓެޑަށް ކުޅުމަށް ފަހު ރެއާލް މެޑްރިޑަށް ބެކަމް ބަދަލުވީ ފަންސަވީސް މިލިޔަން ޕައުންޑަށެވެ. ހަތަރު އަހަރު މެޑްރިޑަށް ކުޅުމަށް ފަހު ގެލެކްސީ އަށް ބެކަމް ސޮއިކުރީ އަހަރަކަށް 6.5 މިލިޔަން ޑޮލަރަށެވެ. އެކުލަބުގައި ހުރެ ދެ ފަހަރެއްގެ މަތިން ބެކަމް ވަނީ ލޯނުގެ ދަށުން އޭސީ މިލާނަށް ކުޅެފައެވެ.