ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު، އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފިއެވެ.

އެ ކުންފުނިން މިއަދު ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ ހިފެހެއްޓުމެއްނެތި އުފުލެމުންކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރަން ޖެހުނީ މި ސަބަބާ ހެދި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަދު ތެލުގެ އަގަށް ގެނައި ބަދަލާއެކު ކުރިން 12.06 ރުފިޔާ އަށް ހުރި ޕެޓްރޯލް ލީޓަރެއް ދެން ލިބޭނީ 12.98 ރުފިޔާއަށެވެ. އަދި ކުރިން 12.44 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއް ދެން ލިބޭނީ 13.04 ރުފިޔާއަށެވެ.

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލުގެސްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.