12 Feb 2022, 12:05
އުތުރުގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެމީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ޓަކައި ކޯޓުން 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްގެން އުޅެނީ އެ ކުއްޖާގެ ދޮން ބައްޕައެވެ.
ރާއްޖޭގައި މި ފަހަކަށް އައިސް ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމާއި އެ ކުދިންނާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގުމުގެ މައްސަލަތައް ވަނީ އިތުރުވާން ފަށާފައެވެ.