އިނގިރޭސި ވަލީއަހުދު އަމީރު ޗާލްސް އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އިނގިރޭސިވިލާތުގެ ޝާހީ ގަނޑުވަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ގަނޑުވަރުން ހާމަކުރި ގޮތުގައި އުމުރުފުޅުން 73 އަހަރުގެ ޕްރިންސް ޗާލްސް މިވަގުތު ހުންނެވީ އައިސޮލޭޝަންގައެވެ.

މިއީ ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަހަރެވެ.

ދެހާސް ވިހި ވަނަ އަހަރުގެ މާރިޗު މަހުގައި ވެސް ޕްރިންސް ޗާލްސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިނގިރޭސިވިލާތުގައި އޮމިކްރޯން ވޭރިއަންޓު ފެތުރުމާއެކު ކޮވިޑް-19 ގެ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ. ނަމަވެސް އެ ގައުމުގެ ސަރުކާރުން ދަނީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.