ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 4،781 ސާމްޕަލްގެ ތެރެއިން 1406 މީހުން އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 1،692 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 307 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 891 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 69 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 155،917އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 16،208މީހުން ތިބިއިރު އޭގެ ތެރެއިން 58 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

ކޮވިޑް މަރުގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު ޏ. އަތޮޅު ހޮސްޕިޓަލުން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ވަނީ އެ ބަލީގައި މަރުވެފައެވެ. އޭނާ މަރުވީ މިއަދު މެންދުރު ކުރި 11:40ހާއިރުއެވެ.

މި މަރާއެކު ރާއްޖެއިން މިވަގުތާ ހަމައަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 287އަށް އަރާފައެވެ.