13 Mar 2012, 10:07
ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކުގެ މިނިސްޓަރުންގެ ނައިބު ކަމުގެ މަގާމު އިތުރު 15 ބޭފުޅަަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްވައިފި އެވެ.
މިގޮތުން މިނިސްޓަރުންގެ ނައިބުކަން ދެއްވި 15 ބޭފުޅުންނަކީ، ފިނޭންސް މިނިސްޓްރީގެ ނައިބު ކަމަށް، މާފަންނު މުއްދޫ މުހައްމަދު އިއާދު ހަމީދާއި ތ. ގުރައިދޫ މެދުގޭ މުހައްމަދު އިބްރާހީމް މަނިކާއި އެޑިޔުކޭޝަން މިނިސްޓްރީގެ ނައިބު ކަމަށް ގދ. ގައްދޫ އުލާޖެހިގޭ އިސްމާއީލް ޝަފީއާއި ގދ. ރަތަފަންދޫ ހިލިހިލާގޭ އަޒްލީން އަހުމަދާއި ހެންވޭރު ކަނޑޫމާގޭ މުހައްމަދު އާސިފާއި ހެލްތު މިނިސްޓްރީގެ ނައިބު ކަމަށް މައްޗަންގޮޅީ ނަސީމީހަނދުވަރު ފަރުހަތު އަލީ އާއި ފޮރިން މިނިސްޓްރީގެ ނައިބު ކަމަށް، ރ. އަލިފުށީ ހަމީދީ މަންޒިލް އަލީ ހަމީދާއި ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީގެ ނައިބު ކަމަށް ރ. މީދޫ ކޮއެލު އިސްހާގު އަހުމަދާއި އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މިނިސްޓްރީގެ ނައިބު ކަމަށް ހެންވޭރު އާޒާދެވާދީ ޝިހާމް މުހައްމަދު ވަހީދާއި ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ނައިބު ކަމަށް ގަލޮޅު ކަނޑުރޯޅި އަބްދުﷲ މަޖީދާއި ގދ. ފިޔޯރީ ގުލްބަކާގޭ އަބްދުﷲ މުއްތަލިބާއި ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ނައިބު ކަމަށް ލ. ގަމު ތުނޑި ކޯޒީކޯނާ އަހުމަދު ރަޝީދާއި، މާފަންނު ވޭވިންލައިޓް އަބްދުﷲ ރިފާއު އެވެ.
އޭގެ އިތުރުން އިސްލާމިކް އެފެއާޒްގެ މިނިސްޓްރީގެ ނައިބު ކަމަށް ހެންވޭރު ނަދުވާ މުހައްމަދު ޤުބާދު އަބޫބަކުރާއި ހުޅުމާލެ، އަސަދުﷲ ޝާފިއީ އަހުމަދު ވަނީ ހަމަޖައްސަަވައިފަ އެވެ.
އެ ބޭފުޅުންގެ އިތުރުން މިނިސްޓަރުންގެ ނައިބު ކަމަށް ތިން ބޭފުޅަކު އިއްޔެ ވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ މިނިސްޓަރު އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ނައިބު ކަމަށް ހެންވޭރު އޮގަސްޓާ ނާއިފް ޝައުކަތާއި މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ ނައިބު ކަމަށް ހެންވޭރު ރަތްކުންނާރުގޭ މުހައްމަދު ސަލީމާއި މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ނައިބު ކަމަށް އައްޑުއަތޮޅު ހިތަދޫ އާޒާދީގޭ އަލީ ސާލިޙު އެވެ.
އެ ބޭފުޅުންގެ އިތުރުން، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ ކަމަށް މައްޗަންގޮޅީ ސިލްވާސީން އަލީ ވަހީދު ހަސަން މަނިކު ވަނީ އައްޔަން ކުރައްވައިފަ އެވެ. އަލީ ވަހީދަކީ ރައީސް ވަހީދުގެ އެއްބަނޑު އެއްބަފާކޮއްކޮއެކެވެ.