10 Feb 2022, 12:15
ލ. ގަމުގައި ނުބައިކޮށް ސިޒޭރިއަން ހެދި އަންހެނެއްގެ ހާލު ދެރަވެ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެފަދަ ހާދިސާއެއް ގަމުގައި ހިނގައިގެން އުޅޭކަން ގަމު ރީޖިނަލް ހޮސްޕިޓަލުން ވަނީ "ސަން" އަށް ކަށަވަރު ކޮށްދީފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަންހެން މީހާގެ ހާލު ބޮޑުވެގެން މިވަގުތު އޮތީ ވެންޓިލޭޓަރުގައެވެ.
ވެންޓިލޭޓަރަށް ލުމަށްފަހު ސާޖަރީ ހަދައި ބެލިއިރު، ސިޒޭރިއަން ހެދުމުގެ ތެރޭގައި އޮޅިގެން އަންހެން މީހާގެ ނާރުތައް ބުރިވެފައި ވާކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މިހާރު މަސައްކަތް ކުރަމުން ދަނީ އެމަޖެންސީކޮށް މާލެ ގެނައުމަށް ކަމަށް ގަން ރީޖިނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.