މާލޭގެ ކޭސްތައް މަދުވާން ފަށާފައިވާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރި 1،767 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 338 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް ޓެސްޓްކުރި 4،320 ސާމްޕަލް ތަކުގެ ތެރެއިން މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 1،096 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން 549 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 77 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 154،511އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ރާއްްޖޭގައި ތިބީ 16،095 މީހުންނެވެ.

އޭގެ ތެރެއިން 60 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިވަގުތާ ހަމައަށް މަރުވެފައިވަނީ 286 މީހުންނެވެ،

އެޗްޕީއޭ އިން ބުނީ އާންމުކޮށް އަތްލެވޭ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަކީ ކޮވިޑް ފެތުރުން ހުއްޓުވަމަށް ޓަކައި ކުރެވޭނޭ މުހިންމު އެއް ކަންތައް ކަމަށެވެ. ލޮލާއި ނޭފަތުގެ އިތުރުން އަނގައިގާ އަތް ލުމަކީ ކޮވިޑް ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެއް ކަމުގައި ވެސް އެޗްޕީއޭ އިން ބުނެއެވެ.