09 Feb 2022, 19:38
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ.
ޕާޓްނާޝިޕް އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީސީއޯ ހުސައިން ނިޔާޒެވެ. ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް ރިލްވާން މޫސާ އެވެ.
އުރީދޫއިން ބުނީ ފުޓްސަލްގައި ރާއްޖޭގެ އެންމެ ހުނަރުވެރި ކުޅުންތެރިން ފެންނަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރަކަށް ވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެެވެ.
މިމަހުގެ 18ވަނަ ދުވަހު މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ 91 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
2015ވަނަ އަހަރު ބާއްވަން ފެށި ގޯލްޑަން ފުޓްސަލް ޗެލެންޖު ބާއްވާ މިއީ ހަވަނަ ފަހަރެވެ.