ރަފައެލް މޯލްޑިވް ރިސޯޓް ކައިރީގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ ބޭނުންނުކުރެވޭވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ތިނަދޫ ފަޔާ ސްޓޭޝަން އިން ކުރި މަސައްކަތުން އަލިފާން ނިއްވާލީ މިރޭ 21:23 ހާއިރު ކަމަށެވެ.

އަލިފާންރޯވިއިރު، އޭގައި ތިބީ ފަޅުވެރިއަކާއި ކައްޕި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.

"އެއީ ސްޓާފް ލޯންޗެއް. އަލިފާންރޯވުމާއެކު އެ ދެ މީހުން ވަނީ މޫދަށް ފުންމާލާފައި،" އޭނާ ކިޔައިދިނެވެ.

އެ ލޯންޗު ވަނީ ބޭނުންނުކުރެވޭވަރަށް އަނދައިފައެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ލޯންޗުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ނޭނގެއެވެ.