ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 5،792 ސާމްޕަލްގެ ތެރެއިން 1،757 މީހުން އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރީ 2،563 ސާމްޕަލެވެ. އޭގެ ތެރެއިން 628 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ.

އަތޮޅުތެރޭގެ ރަށްރަށުން 815 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 133 މީހުން ޕޮޒިޓިވްވެފައިވެއެވެ.

މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 150،337އަށް އަރާފައެވެ.

ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު 17،169 މީހުން ތިބިއިރު އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 52މީހަކަށެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މިއަދު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ ދިވެހި ޒުވާނަކާއި އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ.

މި ދެ މަރާއިއެކު ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަނީ މިވަނީ 283 އަރާފައެވެ.