06 Feb 2022, 21:05
ވިޔަފާރީގެ ކަންކަމުގައި ރާއްޖެއަންނަ އިންޑިއާގެ ރައްޔިތުންނަށް ވިސާއާ ނުލައި ރާއްޖެ އާދެވޭނެ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިޔަފާރީގެ އެކިއެކި ކަންކަމުގައި އަަންނަ އިންޑިއާގެ ރައްޔިތުންނަށް 90 ދުވަހަށް ވިސާއާ ނުލައި ރާއްޖެ އާދެވޭނެ ކަމަށެވެ.
މީގެ އިތުރުން، އެ މިނިސްޓްރީން ބުނީ އެ ނިންމުމަކީ މީގެ ކުރިން ވިސާއާއި ގުޅިގެން ދެ ގައުމުން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެންކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް 180 ދުވަހުގެ ބިޒްނަސް ވިސާ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
އިންޑިއާއިން ވެސް ރާއްޖެއަށް އަންނަނީ އެކި ކަންކަމުގައި އެހީތެރިވަމުންނެވެ. އެގޮތުން ރާއްޖޭގައި ތަރައްގީގެ އެތައް މަޝްރޫއެއް އިންޑިއާގެ އެހީތެރިކަމާއެކު އެބަ ހިންގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސީލިޓީގެ ދަށުން 30އަށް ވުރެ ގިނަ ރަށުގައި ތަފާތު މަޝްރޫއު މިހާރުވެސް އަންނަނީ ހިންގަމުންނެވެ.
ރާއްޖެއަށް އުމްރާނީ ތަރައްގީއާއި އެހެނިހެން ކަންކަމުގައި އެންމެ ގާތް އެހީތެރިޔަކީ އިންޑިއާކަމަށް ސަރުކާރުގެ އިސްވެރިން ގަބޫލުކުރެއެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ބޮޑު ކެމްޕޭނެއް ކުރަމުންނެވެ.