06 Feb 2022, 20:20
ސަލާމަތީ މައްސަލައަކާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޕޭޝަންޓް ޕޯޓަލްގެ ޚިދުމަތްތައް މެދުލަނޑާލައިފިއެވެ.
އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ހައްލުކުރަން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށާއި މައްސަލަ ހައްލުވީހާ އަވަހަކަށް ޚިދުމަތް ފޯރުކޮށްދޭން ފެށޭނެކަމަށެވެ.
ބަލިމީހާ އަޖީއެމްއެޗުން ހޯދާފައިވާ ހުރިހާ ޚިދުމަތްތަކަކާއި ބަލިމީހާގެ ޒާތީ މައުލޫމާތުތައް ބަލާލެވޭ މި ޕޯޓަލްގައި ހުރި، ވޭތުވެދިޔަ ދެ އަހަރުގެ މައުލޫމާތުތައް ލީކުވެފައިވާކަމުގެ މައްސަލައެއް މިއަދު ވަނީ ފެންމަތިވެފައެވެ. އަދި މި ޕޯޓަލްގެ ޚިދުމަތް މެދުކެނޑިފާވަނީ އެ ޚަބަރަށްފަހުކަމަށްވެސް ގިނަ ފަރާތްތަކަކުން ބުނަމުންދެއެވެ.