ސްޓޭޓް މިނިސްޓަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، އަށް ބޭފުޅަކު ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.

އެ ބޭފުޅުންނަށް ފަތް ކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މިއަދު ދެއްވީ ގަލޮޅު ފަނަސް، ޙުސައިން މަނިކު ދޮންމަނިކަށާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު މުޙަންމަދު ފަޔާޒް އަށާއި ޅ. ކުރެންދޫ ނޫރާނީގޭ ޢަބްދުﷲ މުޙަންމަދަށެވެ. ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ ހއ. ހޯރަފުށީ ޓިއުލިޕްމާގޭ ޢަލީ ޝަރީފް މުޙަންމަދަށާއި ގަލޮޅު އާބިން ޑރ. ޢާއިޝަތު ރަމީލާ އަށެވެ.

ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ ހެންވޭރު ލައިނޫފަރުމާގޭ ޢަބްދުﷲ ޒިޔާދު އަށާއި ރ. ހުޅުދުއްފާރު ނާރެސް ޢަބްދުލްމަތީން މުޙަންމަދަށެވެ.

އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ސ. ހިތަދޫ ރީތިގަސްދޮށުގޭ ޙަސަން ސަޢީދު ޙުސައިން ވެސް ރައީސް ވަނީ މިއަދު ހަމަޖައްސަވައިފަ އެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ވެސް ހަތް ބޭފުޅަކު ވަނީ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކޮށްފަ އެވެ.