މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ކަމަށް ހއ. އިހަވަންދޫ ވައިޖެހޭގޭ އަހުމަދު ޝަފީއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު އައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

މިރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގަ އެވެ.

ޝަފީއަށް ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ އަރީފްގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިގުރާރުގައި ސޮއިކުރެއްވި އެވެ.

ޝަފީއު ކުރިން ހުންނެވީ އެޑިއުކޭޝަން މިނިސްްޓްރީގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގަ އެވެ.