ސްރީލަންކާއިން ގެއްލިގެން ހޯދި ދ. މީދޫ، މާކޯނި، އަފްހަމް ނަސީރު ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 23 އަހަރުގެ އިފްހާމް ގެއްލުނީ ރޭގެ ވަގުތެއްގައެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވާ ކަން ލަންކާގެ ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށް އަފްހަމްގެ އާއިލާގެ ފަރާތުން 'ސަން'އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

"އަޅުގަނޑު ކައިރީގައި ލަންކާ އިންޓެލިޖެންސްގެ ފުލުހުން ބުނީ އޭނަ އަތުގަ ވަޅިއެއް އޮތޭ ދެން ކަރުގައި ހުރީ ވަޅީ އަޅާފައޭ," އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އަފްހަމްއާ އެންމެ ފަހުން ލަންކާ އިން ބައްދަލުވި މީހާއަށް ޑެޑް ބޮޑީ ދެއްކުމަށްފަހު އެއީ އޭނާގެ ހަށިގަނޑުކަން ވަނީ ކޮންފޯމް ކޮށްފައި ކަމަށް އޭނާ ކިޔައިދިނެވެ.

މީގެ ތިން އަހަރު ކުރިން ބިޒްނަސް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ލަންކާއަށް ބަދަލުވި އަފްހަމްގެ ހަށިގަނޑު ފެނިފައިވަނީ އެ ގައުމުގެ ދެހިވަލަ ބީޗް ސަރަހައްދުގެ ރެއިލްވޭ ދަގަނޑުތައް ކައިރިންނެވެ.

އޭނާގެ ހަށިގަނޑު ފެނުނު އިރު އަތުގައި ވަޅިއެއް އޮތް ކަމަށް ލަންކާގެ ފުލުހުން ބުނި ނަމަވެސް އަމިއަލްއަށް އެކަހަލަ ކަމެއް ކޮށްފި ނަމަ އަތުގައި ވަޅި އޮވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ މައްސަލަ ލަންކާގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.