04 Feb 2022, 22:35
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 5،469 ސާމްޕަލްގެ ތެރެއިން 1955 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 2،244 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 599 މީހުންނެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން 698 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 78 މީހުން ޕޮޒިޓިވްވެފައިވެއެވެ.
މިއަދާ ހަމައަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 146،991އަށް އަރާފައެވެ.
އެކްޓިވް ކޭހުގެ އަދަދު 17،735 ގައި ހުރިއިރު އޭގެ ތެރެއިން 56 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މިހާތަނަށް 280 މީހަކު މަރުވެފައިވެއެވެ.