03 Feb 2022, 22:23
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 5،657 ސާމްޕަލްގެ ތެރެއިން 1834 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 2،542 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 748 މީހުންނެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން 698 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 65 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.
މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 145،036އަށް އަރާފައެވެ.
އެކްޓިވް ކޭހުގެ އަދަދު 17،413 ގައި ހުރިއިރު އޭގެ ތެރެއިން 60 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މި ވަގުތާ ހަމައަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 280ގައެވެ