02 Feb 2022, 22:30
ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 5،985 ސާމްޕަލްގެ ތެރެއިން 2142 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 2،640 ސާމްޕަލްގެ ތެރެއިން އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 771 މީހުންނެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން 1053 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 48 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.
މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 143،202އަށް އަރާފައެވެ.
އެކްޓިވް ކޭހުގެ އަދަދު 17،721 ގައި ހުރިއިރު އޭގެ ތެރެއިން 62 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން މި ވަގުތާ ހަމައަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 278ގައެވެ