02 Feb 2022, 20:06
އެސްޓިއޯގެ ޑިޖިޓަލް ބޭންކު ހުޅުވަން ލައިސެންސް ނުދޭން މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ހުއްދަ ނުދޭން ނިންމިކަން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ އެސްޓީއޯއަށް ޖަވާބުދީފައެވެ.
ޑިޖިޓަލް ބޭކިން ލައިސަންސް އެސްޓިއޯއަށް ނުދޭން ނިންމިއިރު އެ ކުންފުނިން ވަނީ ބޭކިން ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
އެ ބޭންކަކީ މުޅިން ޑިޖިޓަލްކޮށް ރާއްޖޭގައި ހިންގާނެ ފުރަތަމަ ބޭންކަށް ވާނެކަމައް އެސްޓީއޯގެ މެނެޖިން ޑައިރެކްޓަރު އަދި ސީއީއޯ ހުސަން އަމްރު މުހައްމަދު ރަޝާދު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އެ ބޭންކުގެ ހުރިހާ ހިދުމަތެއްވެސް ބޭންކަށް ނުގޮސް ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއްވެސް ލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
ޑިޖިޓަލް ބޭންކަކީ ރާއްޖެ ޑިޖިޓަލް ކުރުމުގެ މަޝްރޫއުގެ މައިގަނޑު އެއް މައިބަދަ ކަމަށާއި އެ ބޭންކިން ސިސްޓަމުގެ ސަބަބުން ވިޔަފާރިތަކަށް ވަރަށް ގިނަ ފައިދާ ތަކެއް ލިބޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.