02 Feb 2022, 16:06
އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެ ކުންފުނިން އިއްޔެ ބުނީ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 17އިގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އަދި އެކުންފުނީގެ ހިއްސާއަށްވާ ފައިދާ ދިނުމަށް ވެސް ހަމަޖެހިފައިވަަނީ އެ ޝަރުތު ފުރިހަމަވާ ހިއްސާދާރުންނަށެވެ.
ޝަރުތު ފުރިހަމަވާ ހިއްސާދާރުންނަށް އަމިއްލައަށް ޖަލްސާގައި ބައިވެރި ވެވޭނެއެވެ. ނުވަތަ ބަދަލުގައި އެހެން ފަރާތެއް ވެސް ބައިވެރި ކުރެވިދާނެއެވެ. އަދި އެޖެންޑާގައި ހުށަހެޅޭ މައްސަލަތަކަށް ވޯޓު ދެވޭނެއެވެ.
އުރީދޫއިން ބުނީ މިމަހުގެ ވިހިވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ އާންމުކުރާނެ ކަމަށެވެ.
އެދުވަހު އާންމުކުރެވޭ ނޯޓިހުގައި، ޖަލްސާ އޮންނާނެ ތާރީހަކާއި، ގަޑިއާއި ތަން ބަޔާންވެފައިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި، އެޖެންޑާ އައިޓަމްތަކާއި ވޯޓުލުމުގެ ތަފްސީލުފަދަ މައުލޫމާތު ވެސް އެ ނޯޓިހުގައި ހިމެނޭނެކަމަށް އުރީދޫއިން ބުންޏެވެ.
ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާއެއް މިހާރު އުޅެނީ 45 ރުފިޔާއަށެވެ.