02 Feb 2022, 19:56
ބަދިގެ ޒީނަތްތެރި ކުރުމަށްޓަކައި ބޭނުންވާ ގިނަ ސާމާނުތަކެއް ލިބެން ހުންނަ ''އިންޓަވެއާ"އިން ކުރިއަށްގެންދާ "ޗާލުދޯ" ޕްރޮމޯޝަން ނިމެން އެންމެ 15 ދުވަހަށް ވެއްޖެއެވެ.
މިމަހުގެ 16ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގެ ދަށުން ބަދިގޭ އަށީގައި ޖަހާ މާބުލްއާއި ގްރެނައިޓް ލިބެން ހުރެއެވެ. އަދި މިއީ ހިޔާ ފްލެޓްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކަމުން އެތަކެތި ލިބެން ހުންނަނީ ހަ ފޫޓު، ދެ ފޫޓުގެ ސައިޒުގައެވެ.
އަދި މި ޝީޓްތަކަކީ ދާރަ ވެސް ހަދާފައި ހުންނަ "ރެޑީމޭޑް" އުފެއްދުމެކެވެ.
"ޗާލުދޯ" ޕްރޮމޯޝަންގެ ދަށުން މި ތަކެތި ލިބެން ހުންނަނީ އާންމު އަގަށް ވުރެ ހެޔޮކޮށެވެ. އެގޮތުން ގްރޭ ގްރެނައިޓް 2200 ރުފިޔާއަށް ލިބެން ހުރިއިރު، ހުދު މާބުލް ލިބެން ހުރީ 3900 ރުފިޔާއަށެވެ.
މާބުލްއަކީ ބަދިގެއަށް ރައްކާތެރި، އެހެން ވައްތަރުތަކާ އަޅާ ބަލާއިރު ހޫނު ހިފެހެއްޓޭ ވަރުގަދަ ހިލައެކެވެ. އަދި ސާފުކޮށްލަން ވެސް އެހާމެ ފަސޭހައެވެ.
އިންޓަވެއާއިން ވިއްކާ ސާމާނު އިންޓަވެއާގެ ޕާޓްނަރު މައިކޮން ގުރޫޕް މެދުވެރިކޮށް މިހާރު މޯލްޑިވްސް އިސްލާމިކް ބޭންކުގެ އުޖާލާ ދިރިއުޅުން ޕްލޭން މެދުވެރިކޮށް ވެސް ގަނެވޭނެއެވެ.
މިހާރު އިންޓަވެއަރ އިން މާބުލް އިންސްޓޯލް ކޮށްދޭނެއެވެ.އަދި އޭގެ ތެރޭގައި، މިންނެގުން، ކެފުން (ސިންކަށް ކެނޑުން)، ހަރުކުރުން، އެޕާޓްމަންޓަށް އަރުވައިދިނުން ހިމެނެއެވެ.
އިންޓަަވެއާ ޝޯރޫމް ހުންނާނީ އަބަދަށް އުފާ މަގު، ހ. އޯލްވޭސް ހެޕީ ހައުސްގެ އެއް ވަނަ ފަންގިފިލާގައެވެ. އެތަނުން ވިއްކާ އުފެއްދުންތަކާ ގުޅޭ އިތުރު މައުލޫމަތު 7529940 / 9677400އަށް ގުޅައިގެން ނުވަތަ އިންޓަވެއާގެފޭސްބުކް ޕޭޖުންބަލައިލެވޭނެއެވެ. މާލެ، ހުޅުމާލެ، ފޭސް 2 އަދި ބޯޓުތަކަށްވެސް އިންޓަަވެއާ އިން ހިލޭ ޑެލިވަރީކޮށްދޭނެއެވެ.