މީޑިއާނެޓުން އަލަށް ތައާރަފުކުރި "އެމްއެސްޓީވީ", އެމްއެކްސް380 މަރުކާގެ ޑީކޯޑަރު ބޭނުންކޮށްގެން މިހާރު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން ބުނީ މި ހިދުމަތް ހޯދާ ފަރާތްތަކަށް ޓީވީ ޗެނަލްތަކުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑުގައި ހިމެނޭ ފިލްމުތަކާއި ސީރީޒްތައް ބެލޭނެ ކަމަށެވެ.

އެ ކުންފުނީގެ ވީޑިއޯ އޮން ޑިމާންޑު ހިދުމަތުގެ ދަށުން ދިވެހި، އިނގެރޭސި އަދި ހިންދީ ފިލްމުތަކާއި ސީރީޒްތައް ބަލައިލެވެއެވެ.

މީގެ ތެރޭގައި އާންމުންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ދިވެހި އަމިއްލަ އުފެއްދުންތައް ކަމަށްވާ"މީޑިއާނެޓް އޮރިޖިނަލްސް"، "ރޫމީ އާއި ޖަންނަތު"، "މަރިޔަމް"، "ލަފްޒު"، "ވީކެންޑް ވިތު ވަސީމް" ފަދަ ފިލްމުތަކާއި ސީރީޒްތައް ހިމެނެއެވެ.

ޑީކޯޑަރެއް ނެތް ކަސްޓަމަރުންނަށް ވެސް މި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީޑިއާނެޓުން ބުނެއެވެ. އެފަދަ ކަސްޓަމަރުން ކަންކުރަން ޖެހޭ ގޮތަކީ އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޑައުންލޯޑު ކުރުމެވެ.

އެ ކަސްޓަމަރުންގެ ކަނެކްޝަން މީޑިއާނެޓުގެ ވިއުގައާއި ގުޅައިދިނުމަށް އެ ކުންފުނީގެ ޓެކްނިޝަނެއް، ކަސްޓަމަރުގެ ގެއަށް ދާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެސްޓީވީ ހިދުމަތަށް ރަޖިސްޓްރީ ވުމަށް ތިރީގައި މިވާ ކަންކަން ކޮށްލަން ޖެހޭނެއެވެ.

  1. މީޑިއާނެޓުގެވެބްސައިޓަށްޒިޔާރަތްކުރުން

  2. ފޯނު ނަންބަރު ބޭނުންކޮށްގެން ރަޖިސްޓްރީވުން
  3. ރަޖިސްޓާ ކުރަން ބޭނުންވާ އެކައުންޓު ހިޔާރުކުރުން
  4. އެމްއެސްޓީވީ ހިދުމަތް ހިޔާރުކުރުން
  5. ފޯނަށް ލިބޭ މައުލޫމާތު ބޭނުންކޮށްގެން ލޮގިންވުން

މީޑިއާނެޓުން އެމްއެސްޓީވީގެ ހިދުމަތް ތައާރަފުކޮށްފައިވާއިރު، އެއީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ އެއް ކުންފުންޏެވެ.