ހުޅުމާލޭގައި ދިވެހި އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އަނިޔާ ލިބުނު ފަރާތުން އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ މައްސަލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ތުހުމަތުކުރަނީ, ހުޅުމާލޭގައި ދިވެހި އަންހެނަކާ ގަދަކަމުން ޖިންސީ އަމަލު ހިންގައި ރޭޕް ކުރިކަމަށެވެ.

ތުހުމަތުކުރެވޭ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ރޭޕްގެ ހަޑިމުޑުދާރު އަމަލުތަކުގެ މައްސަލަ ރާއްޖޭގައި ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. އެކަމަށް ތުއްތު ކުދިންއިން ފެށިގެން އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް ވަނީ ހުށަހެޅިފައެވެ. މިއީ މި އަހަރު ރާއްޖޭގައި ރިޕޯޓްކުރި ރޭޕްގެ ފުރަތަމަ ކޭހެވެ.