ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 6،403 ސާމްޕަލްގެ ތެރެއިން 2180 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 3،082 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 931 މީހުންނެވެ.

މީގެ އިތުރުން، އަތޮޅު ތެރޭގެ ރަށްރަށުން 811 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 63 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 141،060އަށް އަރާފައެވެ.

އެކްޓިވް ކޭހުގެ އަދަދު 17،743 ގައި ހުރިއިރު އޭގެ ތެރެއިން 63 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މި ވަގުތާ ހަމައަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 277ގައެވެ

އެކްޓިވް ކޭސްތަކުގެ އަދަދު 17،743 ގައި ހުރިއިރު ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންނާއި ބަލީގައި ހާލު ސީރިއަސް ވާ މީހުންގެ އަދަދު ކުރިޔާ އަޅައި ބަލާއިރު މަދުވަނީ ވެކްސިންގެ ސަބަބުން ކަމަށް ޑރ. އަފްޒަލް ވިދާޅުވެއެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް ކޮވިޑުން ދިފާއު ވުމަށް ޓަކައި ޖަހާ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު މިހާރު ކުރިއަށް ގެންދަނީ ވެކްސިންގެ ތިންވަނަ ޑޯޒް ކަމުގައިވާ ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް 72،000އަށްވުރެ، ގިނަ ބޫސްޓަ ޑޯޒް ޖަހާފައިވާ އިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު އުޅެނީ 3,6900 އިން މަތީގައެވެ.