01 Feb 2022, 20:29
މާލޭގެ ގޭގެއަށް ގޮސް އެނދުމަތިވެފައިވާ ބަލި މީހުންނަށް ކޮވިޑް ވެކްސިން ޖަހައިދިނުމަށް ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ ދަމަނަވެށީގެ ފަރާތުން މިއަދުން ފެށިގެން ގޭގެއަށް ގޮސް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ދޭނެކަމަށެވެ.
ވެކްސިން ޖަހަން އެޕޮއިންޓްމެންޓު ހެދުމަށް އެޗްޕީއޭގެ ހޮޓްލައިން ނަންބަރު 1676 އަށް ގުޅުއްވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ރާއްޖޭގައި ފުރަތަމަ ކޮވިޑް-19 ގެ ވެކްސިން ދޭން ފެށި ދުވަސްވަރުވެސް އެނދުމަތި ވެފައިވާ މީހުންގެ ގޭގެއަށް ގޮސް ވެކްސިން ޖެހައިދެމުން ގެންދިޔައެވެ.
ރާއްޖޭގައި ބޮޑުބަޔަކަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާއިރު މިހާރު ކުރިއަށް ގެންދަނީ ކޮވިޑުން އިތުރަށް ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް ޖެހުމުގެ މަސައްކަތެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް 72،000 ވުރެ ގިނަ ބޫސްޓަ ޑޯޒް ޖަހާފައިވާ އިރު، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު އުޅެނީ 369،00 އިން މަތީގައެވެ.