01 Feb 2022, 17:05
މި އަހަރުގެ ފެބުރުވަރީ މަހުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ފަށާ ކޯސްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފިއެވެ.
އެމްއެންޔޫން ބުނީ ފެބްރުވަރީގައި ފަށާ ކޯސްތަކުގެ ތެރެއިން ޖާގަ ހުރި ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި ކަމަށެވެ. އަދި ޖާގަ ހުރި ކޯސްތަކުގެ ލިސްޓް ޔުނިވަރސިޓީގެ ވެބްސައިޓްގައި ޝާއިއު ކުރެވިފައިވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
އެމްއެންޔޫން ބުނީ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 6 ފެބްރުވަރީ 2021ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށެވެ.
އެމްއެންޔޫގެ ކޯސްތަކާ ބެހޭ މައުލޫމާތުcourses.mnu.edu.mvއިން ލިބެން ހުންނާނެއެވެ. 2022ގެ ފުރަތަމަ ޓާމް ކޯސްތަކަށް އެޕްލައި ކުރުމަށް
ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލްportal.mnu.edu.mvމެދުވެރިކޮށެވެ.
އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އެޕްލިކޭޝަން ހުށަހެޅުމުގައި ވަރަށް ގިނަ ލުއި ތަކެއް ފަހިކޮށްދީފައިވާނެ ކަމަށް އެމްއެންޔޫން ބުނެއެވެ.
އެގޮތުން މި ފަހަރު ސެޓްފިކެޓް އެޓެސްޓް ނުކޮށް ވެސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށް އެމްއެންޔޫން ބުނެއެވެ. އަދި މިފަހަރު އޭލެވެލް ހަދާ ދަރިވަރުންނަށްވެސް ފައިނަލް ނަތީޖާ ނުލިބުނަސް އޭއެސް ލެވެލްގެ ސެޓްފިކެޓް އާއެކު އެޕްލިކޭޝަން ހުށަހެޅުމުން ކޮންޑިޝަނަނަލް އޮފާއާއެކު ޖާގަ ކަށަވަރުވާނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެއެވެ.
އެކި ދާއިރާތަކުގެ 113އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.