މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ޑޮނީ ވެން ޑަ ބީކް އެ ކުލަބު ދޫކޮށް އެވަޓަންއަށް ބަދަލުވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ވެން ޑަ ބީކް އެ ޓީމަށް ބަދަލުވެފައިވާއިރު، އެ ޓީމުން ވަނީ ޓޮޓެންހަމަށް ކުޅެމުން އަައި ޑެލޭ އަލީ ވެސް އެ ޓީމަށް ގެނެސްފައެވެ. އަދި އެ ޓީމުގެ އައު ކޯޗެއްގެ ގޮތުގައި އިންގްލޭންޑަށް އުފަން ފްރެންކް ލަންޕާޑު ވެސް ވަނީ ގެނެސްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ އެވަޓަންއަށް ބަދަލުވެފައިވާއިރު، އޭނާ ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ އިތުރުން ޖޮންގް އަޖެކްސް އަދި އަޖެކްސް އަށް ވެސް ކުޅެފައެވެ. ޖޮންގް އަޖެކްސްއަށް ކުޅެދިން 35 މެޗުން އޭނާ އަށް ލަނޑު ޖަހާފައިވާއިރު، އަޖެކްސްއަށް ކުޅެދިން 118 މެޗުގައި އޭނާ ވަނީ 28 ލަނޑު ޖަހާފައެވެ.

އެންމެ ފަހުން ވެން ޑަ ބީކް ކުޅުނު މެންޗަސްޓާ ޔުނައިޓެޑަށް އޭނާ ކުޅެފައިވަނީ 27 މެޗެވެ. އަދި އެ ޓީމާއެކު އޭނާއަށް ކާމިޔާބު ކުރެވުނީ ދެ ގޯލެވެ. ސޮލްޝެއާގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކުގައި ވެން ޑަ ބީކްއަށް ފުރުސަތު ދީފައެއް ނުވެއެވެ.

މީގެ އިތުރުން ވެން ޑަ ބީކް އަކީ ނެދަލެންޑްސްގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް އޭނާ ކުޅެދިން 19 މެޗުން އޭނާ ވަނީ ތިން ލަނޑު ޖަހާފައެވެ.