އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުގެ ރޯދަ ސޭލް މިމަހުގެ 10ވަނަ ދުވަހު ފެށުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ.

ގެއަށް ބޭނުންވާ ގިނަ ސާމާނު ލިބެން ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓު ފިހާރައިގެ ރޯދަ ސޭލަކީ ކޮންމެ އަހަރަކުވެސް އެ ފިހާރައިގައި ކުރިއަށް ދާ ސޭލެކެވެ.

މިއަހަރު ވެސް މި ސޭލުގެ ދަށުން ބޮޑެތި އޮފާތަކެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި އެހެން އަހަރު ތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް އެ ސޭލަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ.

އެސްޓީއޯ އިން އެންމެފަހުން ހޯމް އިމްޕްރޫވްމެންޓު ފިހާރައިގައި ސޭލެއް ކުރިއަށް ގެންދިޔައީ މިދިޔަ ޑިސެންބަރު މަހު އެ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށެވެ.

އެފަހަރު އެ ފިހާރައިން ވިއްކާ މުދަލުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓު ދިނެވެ. އަދި، ނަސީބުވެރި ފަރާތަކަށް 20،000ރުފިޔާގެ ގިފްޓް ވައުޗާއެއް ވެސް ދިނެވެ.