ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 7،852 ސާމްޕަލްގެ ތެރެއިން 2754 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ޓެސްޓްކުރި 3،725 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 1،407 މީހުންނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 962 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 48 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ސަފާރީތަކުން މިއަދު ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 138،880އަށް އަރާފައެވެ.

އެކްޓިވް ކޭހުގެ އަދަދު 17،770 ގައި ހުރިއިރު އޭގެ ތެރެއިން 63 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން މި ވަގުތާ ހަމައަށް މަރުވެފައިވާ މީހުންގެ އަދަދު އުޅެނީ 276ގައެވެ.