11 Mar 2012, 22:56
ޖަޕާނުގެ އެމްބަސީގެ ފަރާތުން ނަސަންދުރަ ޕެލަސްހޮޓަލުގައި މިރޭ ބޭއްވި ރަސްމިއްޔާތަކަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނަވާކަމަށް ހީކޮށް އެމްޑީޕީގެ ސަޕޯޓަރުން މިރޭ އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންދަނިކޮށް ފުލުހުން އެ ސަރަހައްދުން ދުރައް ޖައްސައިފި އެވެ.
ރައީސް ވަހީދު މިރޭގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް ހީކޮށް އެމްޑީޕީގެ ސަޕޯޓަރުން ނަސަންދުރައަށް ވަންނަން މަސައްކަތްކޮށް އެސަރަހައްދުގައި އަޑުގަދަކުރަމުން ރައީސް ވަހީދުގެ އިސްތިއުފާއަށް ގޮވަމުންދަނިކޮށް ފުލުހުންގެ ރަޔަޓްގިޔަރ ފުލުހުންގެ ފައުޖެއް އައިސް އެމީހުންވަނީ ނަސަންދުރަ ސަރަހައްދުން ހުޅުމާލޭ ފެރީ ޓާމިނަލައި ހަމައަށް ދުރައްޖާސަފަ އެވެ. އަދި މިރޭ ގެ ހަފްލާ ނިމެންދެން އެސަރަހައްދު ފުލުހުންވަނީ ބަލަހައްޓަމުން ގެންގޮސްފައެވެ.
މިދިޔއަހަރު ޖަޕާނަށް އައި ބިންހެލުމަށް އެއްއަހަރުފުރުމުގެ މުނާސަބަތާއި ގުޅުވައިގެން މިރޭ ބޭއްވި ހަފްލާގައި ފޮރިންމިނިސްޓަރާއި ޑިފެންސްމިނސްޓަރުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި މާލޭސިޓީކައުންސިލްގެ ބައެއް ބޭފުޅުންވަނި މިރޭގެ ހަފްލާގައި ބައިވެރިވަޑައިގެންފަ އެވެ.
ސަން އަށް އެގިފައިވާގޮތުގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިރޭގެ ހަފްލާގައި ބައިވެރިވުމަށް ދައުވަތު ދެއްވުމުން ރައީސަށް އެރަސްމިއްޔާތުގައި ބައިވެރި ވަޑައިނުގެންނެވޭނެކަމަށް އަންގާފައިވީނމަވެސް ކުރީގެ ރައީސް ނަޝީދު އެއްވެސް އެއްޗެއް ނުއަންގަވާ މިރޭ ހަފްލާއަށް ވަނީ ވަޑައިނުގެންފަ އެވެ.