އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމަށް ކުޅެމުން އަންނަ ޑެލޭ އަލީ އެވަޓަންއަށް ބަދަލުވާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ފުޓުބޯޅަ ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ޑެލޭ އަލީ އެވަޓަންއަށް ބަދަލުވުމުގެ އެއްބަސްވުމަކަށް ދެ ފަރާތުން އާދެވިފައިވާ ކަމަށެވެ.

އޭނާ ބުނެފައިވާ ގޮތުގައި ޑެލޭ އަލީގެ މެޑިކަލްގެ ކަންކަން މިއަދު ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޑެލޭ އަލީ އެ ޓީމުގައި މަޑުކުުރާ ގޮތަށް އެއްބަސްވުމުގައި ވެއެވެ.

އިންގްލޭންޑްގެ ޑެލޭ އަލީ އެވަޓަންއަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ގޮތުގައި ކަމަށާއި، ނަމަވެސް އޭނާ އެ ޓީމާއެކު 20 މެޗު ކުޅުމުން އޭނާއަށް 12 މިލިއަން ޔޫރޯ ދިނުމަށް އެ ޓީމުން ތައްޔާރުވަމުންދާ ކަމަށްވެސް ރޮމާނޯ ބުނެފައިވެއެވެ.

މީގެ އިތުރުން، 25 އަހަރުގެ ޑެލޭ އަކީ މިއަދު އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި ފްރެންކް ލަމްޕާޑު ބޭނުންވި އެއް ކުޅުންތެރިޔާ ކަމަށައި ދެން އޭނާ ބޭނުންވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަން ވެން ޑަ ބީކް ވެސް އެ ޓީމަށް ގެނައުން ކަމަށް ރޮމާނޯ ބުނެފައިވެއެވެ.

އެވަޓަންއަށް ބަދަލުވުމުގެ ކުރިން ޑެލޭ އަލީ ކުޅެފައިވަނީ ޓޮޓެންހަމަށެވެ. އެ ޓީމަށް އޭނާ 181 މެޗު ކުޅެދީފައި ވާއިރު، އެ ޓީމަށް އޭނާ ވަނީ 51 ލަނޑު ޖަހައިދީފައެވެ.