31 Jan 2022, 17:30
ފާއިތުވެދިޔަ 2020ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ދިމާވި ސިއްހީ މައްސަލައަކާ ހުރެ، ގިނަ ދުވަސްތަކެއް ފުޓުބޯޅަ ކުޅުމާ ދުރުގައި ހުރުމަށްފަހު ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އެނބުރި ފުޓުބޯޅަ ދަނޑަށް އަތުވެއްޖެއެވެ.
ކުޅިވަރު ނޫސްވެރިޔާ ފެބްރިޒިއޯ ރޮމާނޯ ހާމަކޮށްފައިވާ ގޮތުގައި އެރިކްސަން އެނބުރި އައުމަށްފަހު، ގުޅުނީ ޕްރިމިއާ ލީގުގެ ބްރެޓްފޯޑަށެވެ. އަދި އެ ޓީމާއެކު އެރިކްސަން އެއްބަސްވުމެއްގައި ސޮއިކުރީ ޖޫން މަހުގެ ނިޔަލަށް ކަމަށް ވެސް ފެބްރިޒިއޯ ބުނެފައިވެއެވެ.
ޓޮޓެންހަމް ދޫކޮށް، ބްރެޓްފޯޑަށް ބަދަލުވުމަށް ޕްރިމިއާ ލީގުން ރަސްމީކޮށް އެރިކްސަންއަށް ހުއްދަ ދިނުމާއެކު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އޭނާގެ މެޑިކަލް ޓެސްޓުތައް ހަދާފައިވާ ކަމަށް ރޮމާނިއޯ ހާމަކޮށްފައިވެއެވެ.
ދިމާވި ސިއްހީ މައްސަލައަށްފަހު ވެސް އެރިކްސަން ފުޓުބޯޅަ ކުޅެން ބޭނުންވާކަމާއި އޭނާ ބޭނުންވަނީ އަބަދުވެސް ޕްރިމިއާ ލީގުގެ ޓީމަަކަށް ކުޅުންކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ބްރެޓްފޯޑާއެކު އެރިކްސަން ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމަށް ކުޅޭއިރު، ޓީމުން ބޭނުންވާނަމަ އޭނާގެ އެއްބަސްވުން އިތުރު ސީޒަނަކަށް އިތުރުކުރެވޭނެއެވެ. ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އެނބުރި އައުމުގެ ކުރިން އެރިކްސަން ވަނީ އެޖެކްސް އަދި ޗިއާސީ އެފްސީގެ ޕްރެކްޓިސްތަކުގައި ބައިވެރިވެފައެވެ.
އެންމެ ފަހުން އެރިކްސަން ކުޅުނީ 2019 ވަނަ އަހަރުގެ ޔޫރޯ މުބާރާތެވެ. އެއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ފިންލޭންޑާ ދެކޮޅަށް އޭނާ ކުޅުނެވެ. އެ މެޗުގެ 42 ވަނަ މިނެޓުގައު ބޯޅަ އެއްލަން އޭނާ ހުއްޓާ އޭނާއަށް ދިމާވި ސިއްހީ މަައްސަލައަކާ ގުޅިގެން އޭނާ ފަރުވާ ދިނުމަށް ދަނޑުން ބޭލިއެވެ. އަދި އެ މެޗު ފަހުން ކުޅޭ ގޮތަށް ސަސްޕެންޑު ކުރެވުނެވެ.
އެ މެޗުގައި ދިމާވި ހާދިސާއަށްފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންގެ ހެޔޮ ދުޢާ އާއި ލޯބި އެރިކްސަން ލިބުނެވެ. އަދި އެރިކްސަންގެ ހާލު ރަނގަޅު ވަމުން އަންނަކަމާއި، އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ހަބަރު ލިބުމުން އެތައް ބަޔަކަށް އުފާފާޅުކުރިއެވެ.
އެރިކްސަން އެންމެ ފަހުން ކުޅުނު ކުލަބަކީ އިނގިރޭސި ޕްރިމއާ ލީގުގެ ޓޮޓެންހަމެވެ. އެ ޓީމަށް އޭނާ ކުޅެދިން 226 މެޗުގައި އޭނާ އެ ޓީމަށް 56 ގޯލު ކާމިޔާބުކޮށްދިނެވެ. އޭގެ އިތުރުން އެޖެކްސް އަދި އިންޓަމިލާން އަށް ވެސް އޭނާ ކުޅުނެވެ.