ބަނގުރާ ހުސްކުރި ގިނަ އަދަދެއްގެ ފުޅިތަކަކާއެކު ކުޑަ ކުއްޖަކާއި އިތުރު ދެ މީހަކު ބ. ތުޅާދޫ ފަޅު ގެއެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 17 އަހަރުގެ ކުޑަކުއްޖާއާ ދެ މީހުން ހައްޔަރު ކުރީ މިއަދު 1:00 ޖެހިއިރު ކަމަށާއި އެމީހުން ހައްޔަރުކުރީ އޭދަފުށީގައި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގޮސް ކަމަށެވެ.

މި ތިން މީހުން ތިބި ފަޅުގެ ފުލުހުން ބަލާ ފާސް ކުރިއިރު ބަނގުރާ ހުސްކުރި 19 ފުޅިއާއި 20 ލީޓަރުގެ ބޮޑު ހަމެއްގެ އިތުރުން ބަނގުރާކަމަށް ތުހުމަތުކުރޭ އެއްޗެއް އަޅާފައިހުރި ދެ ފުޅި ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. މިމައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ބަލަމުންނެވެ.