30 Jan 2022, 23:13
ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރު ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އެމީހާ މަރުވީ މިއަދު ހެނދުނު 8:05 ގައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 275 ވަނަ މީހާއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު އަންނަނީ މަތިވަމުންނެވެ. އެގޮތުން މިވަގުތު މުޅި ރާއްޖެއިން މިބަލި ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހިގެން 2,838 މީހުން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 1273އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ.