މާލެ ހުޅުމާލެ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރެއް އެކްސިޑެންޓުވެ ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 21:40 ހާއިރު ހައިވޭ ފެންސުގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ.

ފަރުވާދެމުންދަނީ އަންހެނެކާއި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ވަނީ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކު މަރުވެފައެވެ.