ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 7،013 ސާމްޕަލްގެ ތެރެއިން އަނެއްކާ ވެސް 2689 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް މާލެއިން ނެގި 3،445 ސާމްޕަލްގެ ތެރެއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 1،296 މީހުންނެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުން 994 މީހުން އަލަށް ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 20 މީހުން ޕޮޒިޓިވް ވެފައިވެއެވެ.

ސަފާރީތަކުން މިއަދު އަލަށް ޕޮޒިޓިވް ކޭހެއް ފެނިފައެއް ނުވެއެވެ.

މިއަދާ ހަމައަށް ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 133،288އަށް އަރާފައެވެ.

އެކްޓިވް ކޭހުގެ އަދަދު 17،732 ގައި ހުރިއިރު އޭގެ ތެރެއިން 53 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވަނީ 274 މީހުންނެވެ.