11 Mar 2012, 17:57
މިސީޒަން ނިމުމުން އެހެން ކުލަބަކުން ފެނިދާނެ ކަމަށް ހެމްބާގްގެ ހޮލެންޑް ތަރި އެލްޖީރޯ އެލިއާ ބުނެފި އެވެ.
މިސީޒަން ފެށުމުގެ ކުރިން އެލިއާ ގެންދިއުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކުލަބަކީ ޔުވެންޓަސް އެވެ. ޔުވެންޓަސްއިން އެލިއާއަށް ހަތް މިލިޔަން ޕައުންޑް ހުށަހެޅި ނަމަވެސް ހެމްބާގް އިން އެހުށަހެޅުން ދޫކޮށްލާފައި ވެއެވެ.
"މިސީޒަން ނިމުމުން އެހެން ކުލަބަކުން ފެނިދާނެ. މިހާރު ވެސް ބޮޑެތި ގިނަ ކުލަބުތަކަކުން ހުށަހެޅުންތައް ލިބެމުންދޭ. ނަމަވެސް އަހަރެން ވަރަށް ވިސްނާފަ ނޫނީ އަހަރެންގެ ކުރިމަގަކަށް ގޮތެއް ނުނިންމާނަން. މިވަގުތު ހެމްބާގް ގައި މިހިރީ އުފަލާއެކު." އެލިއާ ބުންޏެވެ.
ހެމްބާގާއި އެލިޔާއާއި ދެމެދު ކުރިން ހެދިފައިވާ އެއްބަސްވުމުގައިވާގޮތުން އޭނާ އެކްލަބަށް 2014 ވަނަ އަހަރާއި ޖެހެންދެން ކުޅޭނެއެވެ. އެލިއާ އަކީ ނެދަލެންޑްސްގެ ގައުމީ ޓީމުންވެސް ޖާގަ ހޯދުމުން އަންނަ ކުޅުންތެރިއެކެވެ.