11 Mar 2012, 17:43
ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނަށް ހަތަރު ފަރާތަކުން ކުރިމަތި ލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ތިމަރަފުށީ ބައި އިލެކްޝަނަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު މިއަދު ތިނެއްޖެހީ އިރު ވަނީ ހަމަވެފަ އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ ތިމަރަފުށީ ބައި އިލެކްޝަނަށް ކުރިމަތިލާފައިވާ ހަތަރު ފަރާތެއްގެ މައުލޫމާތުތައް ސާފު ކުރަމުން ގެންދާކަމަށެވެ.
"މައުލޫމާތުތަށް ސާފުކޮށް އަދި ކެންޑިޑޭޓުންގެ ނަންބަރުތަކާ އެކު އަޅުގަނޑުމެން އެބޭފުޅުންގެ ނަންތައް ވަރަށް އަވަހަށް އާންމުކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.
އެމްޑީޕީގެ ފަރާތުން ތިމަރަފުށީ ގޮޑިއަށް ވާދަކުރައް ވަނީ ކުރިން ވެސް އެ ގޮނޑި ފުރުއްވި މުހަންމަދު މުސްތޮފާ އެވެ. އެ ޕާޓީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ މުސްތޮފާގެ ނަން އިލެކްޝަންސް އިން ބަލައިގެންފައިވާ ކަމަށެވެ.
ޕީޕީއެމް އިން ބުނީ އެ ޕާޓީން ތިމަރަފުށީ ދާއިރާ އަށް ކުރިމަތިލައްވާނީ، ޕީއޭގެ ސެކެޓްރީ ޖެނަރަލް ކަން ކުރެއްވި، އަދި ފަހުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި އަހްމަދު ޝަރީފު ކަމަށެވެ.
އަންނަ މަހުގެ 14 ވަނަ ދުވަހު ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ވަނީ ޝެޑިއުލް ކޮށްފަ އެވެ. އަދި ކާށިދޫ ދާއިރާގެ ބައި އިލެކްޝަންވެސް އޮންނާނެ އެވެ.