26 Jan 2022, 09:54
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވައި މާފަންނު ގެއަކުން ފެނިފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.
ފުލުހުން ބުނީ އެ މީހާ މަރުވެފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު 8:00 ޖަހާކަންހާއިރު ކަމަށާއި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
މިފަދަ މަރުތައް އެހާ އާއްމު ނޫން ނަމަވެސް ދޭތެރެއަކުން ހިނގައެވެ.