ވެކްސިން މަޖުބޫރުކުރުމާ ދެކޮޅަށް އިންގްލެންޑުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން އިހުތިޖާޖުކުރަން ފަށައިފިއެވެ.

އިނގިރޭސި ސަރުކާރުގެ އުސޫލުތައް ބުނާގޮތުން އޭޕްރީލް މަހުގެ ކުރިން ސިއްހީ ހުރިހައި ހިދުމަތްތެރިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މަޖުބޫރެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާނަމަ، ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

ވެެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ 70،000 އަށްވުރެ ގިނަ ސިއްހީ ހިދުމަތްތެރިން އިނގިރޭސިވިލާތުގައި ތިބިއިރު، ވެކްސިން ޖެހުން މަޖުބޫރުކުރުމާ ދެކޮޅަށް އެ އެންމެން އަންނަނީ ހަޅުތާލުކުރަމުންނެވެ.

މަސައްކަތަށް ނުކުންނަ ސިއްހީ ހިދުމަތްތެރިންގެ އަދަދު މަދު ވެދާނެކަމުގެ ބިރު ހީވެފައި އޮތްވާ މިފަދަ ނިންމުމެއް އިނގިރޭސި ސަރުކާރުން ނިންމުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭޕްރީލުގެ ކުރިން ދެ ޑޯޒް ފުރިހަމަކުރުން މަޖުބޫރުކަމަށް އޮތް އޮތުމަށް އަމަލުކުރުން ފަސްކޮށްދިނުމަަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓު އޮމިކްރޯން އިނގިރޭސިވިލާތުގައި ހަލުވިކަމާއެކު ފެތުރެމުންދާ އިރު، އެ ގައުމުގެ ސަރުކާރުން ވަނީ ކޮވިޑު ހުއްޓުވަން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައެވެ.