10 Mar 2012, 16:18
ވިޔަފާރިއާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޖީއެސްޓީ) ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށް ހާމަކުރާނެ އުސޫލެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅައިފި އެވެ.
މީރާއިން ބުނީ ކޮންމެ ކުއާޓާއެއް ނިމުމުން ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ނިންމާފައިވާ ކަމަށާއި އެ މައުލޫމާތުތައް އާންމުކުރާނޭ އުސޫލުތަކެއްވެސް ކަޑައެޅިފައިވާ ކަމަށެވެ.
މީރާއިން ކަނޑައެޅި އުސޫލުތަކުގެ ދަށުން ޖީއެސްޓީއަށް ރަޖިސްޓްރީ ވިޔަފާރިތަކުގެ ތެރެއިން ތެރެއިން ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަމާއި އެޑްރެހާއި، ޓެކްސް ދައްކާ ފަރާތުގެ ނަންބަރު (ޓިން) އާއި، ރަޖިސްޓަރީކޮށްފައިވާ ޓެކްސް ނެގޭ ހަރަކާތްތަކުގެ ނަން އާއްމުކޮށް ހާމަކުރާނެ އެވެ.
މީރާއިން ބުނީ ޖީއެސްޓީ ނަގާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމަށް ކަޑައެޅި އުސޫލުތަކަކީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ކަޑައެޅި އުސޫލުތަކެއް ކަމަށެވެ.
ޖީއެސްޓީ ދެއްކުމަށް މީރާއިން ދިން ފުރުސަތުގައި 600 އަށްވުރެ ގިނަ ފަރާތްތަކުން ޖީއެސްޓީ ދައްކާފައެއްނުވެ އެވެ.
މީރާއިން ބުނީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ގޮތެއް ކަޑައަޅާ އެކަން އިއުލާންކުރީ ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކަންތައްތައް ހަމަހަމަ ކަމާއެކު ދެފުށް ފެންނަގޮތަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.