20 Jan 2022, 11:54
ކޮވިޑް-19ގައި ރާއްޖެން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ މިއަދު ހެނދުނު 6:16ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް 63 އަހަރުގެ އަންހެނަކު ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށެވެ.
މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 266 އަށް އަރައިފައެވެ.
ރާއްޖޭން މި ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ 14ވަނަ ދުވަހުއެވެ. އެއީ ށ. ފޭދޫން މާލެއަށް ގެނައި 34 އަހަރުގެ ބިދޭސީއެކެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ނެގި 7171 ސާމްޕަލްގެ ތެރެއިން 2137 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 1219 މީހުންނަކީ މާލޭން ޕޮޒިޓިވްވީ މީހުންނެވެ.