ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރި ތަހާރަތު މުހައްމަދު ވަހީދަށް ސަރުކާރުން ސިޔާސީ މަގާމެއް ދީފިއެވެ.

ތަހާރަތަށް ދީފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމެވެ.

ކޮމިއުނިކޭޝަން ޑިރެކްޓަރުންގެ މުސާރައަކީ 15،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 10،000 ރުފިޔާ ލިބޭއިރު، ފޯން އެލަވަންސްގެ ގޮތުގައި 500 ރުފިޔާވެސް ލިބޭނެއެވެ.

ތަހާރަތު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައި ވަނީ ރާއްޖެ ޓީވީގައެވެ. އަދި އޭގެ ފަހުން އަމިއްލަ އޮންލައިން ނޫހެއް ވެސް ހިންގެވިއެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ވެސް ހާސިލްކުރައްވައިފައެވެ.

ތަހާރަތުއަށް މި މަގާމު ދީފައިވާއިރު، ރާއްޖެޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްްވި ރިޒްނާ ޒަރީރަށް ވެސް ވަނީ ޖެންޑާ މިިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމު ދީފައެވެ. ރާއްޖެ ޓީވީގެ އެހެން ނޫސްވެރިންތަކަކަށް ވެސް ވަނީ ސިޔާސީ މަގާމުތައް ދީފައެވެ.