18 Jan 2022, 19:55
ފައިސާ ނެގުމަށްފަހު ހިޔާގެ ފްލެޓުތަކުގެ މަސައްކަތް ނުނިންމާ މައްސަލައަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓާ (ޕީއައިއެލްސީ) ގާނޫނީ އެހީތެރިކަން ދިނުމަށް ނިންމައިފިއެވެ.
ޕީއައިއެލްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފްލެޓުތައް ނިންމުމަށް ރައްޔިތުން އަތުން ފައިސާނަގައި ދިގު މުއްދަތެއް ފާއިތުވާއިރު ވެސް މަސައްކަތް ނުނިންމާ މައްސަލަ އެ ޖަމްއިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަމުގައި ގާނޫނީ އެހީތެރިކަންދޭން ނިންމީ އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ގާނޫނީ އެހީތެރިކަން ބޭނުންވެފައިވާތީ ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.
ފިނިޝިންގެ މަސައްކަތް ނިންމަން ފައިސާ ދެއްކި ގިނަ މީހުންނަކީ ގާނޫނީ ވަކީލަކު ހަމަޖައްސައި އެހީތެރިކަން ހޯދޭނެ ވަރުގެ ތަނަވަސްކަން ލިބިފައިވާ ބައެއް ނޫނެވެ.
We have received many complaints regarding agreements for finishing works at#HiyaaFlats
We intend to provide legal aid for those who meet our eligibility criteria. If you have been affected, you may submit a legal aid request via the attached form.https://t.co/20YWjJQNtDpic.twitter.com/ow8qBv8Z71— Public Interest Law Centre (@pilcmv)January 18, 2022
ހިޔާ ފްލެޓުގައި ދިރިއުޅޭ ގިނަ ބަޔަކު އަންނަނީ ފައިސާ ނަގައި މަސައްކަތް ކުރަން ހަވާލުވި ކުންފުނިތަކުން މަސައްކަތް ނުނިންމާ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
"ގިނަ ރައްޔިތު ބަޔަކަށް މިފަދަ ގެއްލުމެއް ލިބޭއިރު ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ ގާނޫނީ މުއައްސަސާތަކުން އެކަން ނުބަލައި ދޫކޮށްނުލާނެކަން ކަށަވަރުކުރަން ޖެހޭ،" ފިނިޝިންގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރި މީހަކު ބުންޏެވެ.
ޕީއައިއެލްސީން އެދެނީ މާލީ ތަނަވަސްކަން ނެތްނަމަވެސް ގާނޫނީ އެހީތެރިކަން ބޭނުންނަމަ އެ ސެންޓަރުން ތައްޔާރުކޮށްފައުވާ ހާއްސަފޯމުފުރުމަށްށެވެ.