10 Mar 2012, 14:34
ޔުނައިޓެޑް އަރްބަ އެމިރޭޓްސް (ޔޫއޭއީ) ކުލަބު އަލް ވަސްލްގެ ކޯޗު ޑިއޭގޯ މެރަޑޯނާ ވާން ބޭނުންވަނީ އެކުލަބުގެ އާސެން ވެންގާ ކަމަށް އޭނާ ބުނެފި އެވެ.
އާޖެންޓީނާ ގައުމީ ޓީމާއި އެކު ކުރިން ވޯލްޑް ކަޕް ކާމިޔާބު ކުރި މެރަޑޯނާ އަލް ވަސްލް އާއި ގުޅުނީ ފައިސާގެ ބޭނުމުގައި ކަމަށް ހަބަރުތަކުން ބުނަމުންދާތީ އޭނާ އެކަން ދޮގުކޮށްފައި ވެއެވެ. އަލް ވަސްލް އާއި އަށް ކޯޗު ކޮށްދީ، އާސެނަލްގެ ކޯޗު ވެންގާ ފަދަ ކޯޗަކަށް ވާން ބޭނުންވާ ކަމުގައި މެރަޑޯނާ ބުނެފައި ވެއެވެ.
"އަހަރެން ބޭނުމީ އަލް ވަސްލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް ފުރިހަމަ ކޮށް، އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން. އަހަރެން ބޭނުމީ ވެންގާ ފަދަ ކޯޗަކަށް ވާން. އަހަރެން ވެސް ބޭނުންވަނީ ކުލަބާއި އެކު ގިނަ ދުވަސްތަކެއް ހޭދަކުރަން. މިހާރު އެއީ އަހަރެންގެ ހުވަފެނަކީ." މެރަޑޯނާ ބުންޏެވެ.
އަލް ވަސްލް އާއި މެރަޑޯނާ ހަވާލުވި ފަހުން ފުރަތަމަ ތިން މެޗުން އަލް ވަސްލް ބަލިވި ކަމުގައި ވިޔަސް ދެން ޖެހުނު ގިނަ މެޗުތަކެއް ކާމިޔާބު ކޮށްފައި ވެއެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން މެރަޑޯނާ އަށް ކާމިޔާބީއެއް ހޯދައި ނުދެވުމުން ކޯޗުކަމުން ދުރުކޮށްފައި ވެއެވެ.