10 Mar 2012, 14:31
ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާ އިން ހުށަހަޅާ ހެށަހެޅުމެއް ދޫނުކޮށްލާނެ ކަމަށް ޕޯޓޯގެ ބްރެޒިލް ފޯވާޑް ހަލްކް ބުނެފި އެވެ.
ކުރިން ޖަޕާނުގެ ޓޯކިޔޯ ވާޑެ އާއި ކުޅުނު ހަލްކް ޕޯޓޯ އާއި ގުޅުނީ 2008 ވަނަ އަހަރު އެވެ. ފަހަކަށް އައިސް ޕޯޗުގަލް ލީގުގައި އެންމެ ވިދާ އެއް ކުޅުންތެރިޔަކީ ހަލްކެވެ. ހަލްކް ވަނީ ބްރެޒިލް ގައުމީ ޓީމުން ވެސް ޖާގަ ހޯދައި، ގައުމީ ޓީމަށް ނުވަ މެޗު ކުޅެފަ އެވެ.
"އަހަރެން ޕޯޓޯގައި މިހިރީ އުފަލާއެކު. ބާސާ އާއި ރެއާލް އަށް ކުޅެން ކާކު ބޭނުން ނުވާނީ؟ އެކުލަބުތަކުން ހުށަހަޅާ ހުށަހެޅުމަށް އަހަރެން ފުރަގަހެއް ނުދޭނަން. ޕޯޓޯ އާއި ގުޅުމުގެ ކުރިން އެތްލެޓިކޯ މެޑްރިޑުން ވެސް ރަނގަޅު ހުށަހެޅުމެއް ލިބުނު. ނަމަވެސް އަހަރެން ޕޯޓޯ ޚިޔާރު ކުރީ، އެތްލެޓިކޯ އަށް ވުރެ ޕޯޓޯގެ ކުޅުމަށް އަވަހަށް ހޭނާނެ ކަމަށް ގަބޫލުކުރެވުނީތީ." ހަލްކް ބުންޏެވެ.
ޕޯޓޯ އާއެކު ހަލްކް ހޭދަކުރި އެންމެ ކާމިޔާބީ ސީޒަނަކީ މިދިޔަ ސީޒަނެވެ. މިދިޔަ ސީޒަންގައި ޕޯޓޯގެ ފުރަތަމަ އެގާރައިން ޖާގަ ހޯދި ހަލްކް ވަނީ އެޓީމަށް ގިނަ ލަނޑުތަކެއް ކާމިޔާބު ކޮށްދީފަ އެވެ.